Text Box: Whcfws wmwtwruf

ލިޔުމެއް ހިމެނުއްވުމަށް (naifarufathifuh@gmail.com ��) އަށް މެއިލްކުރައްވާ...!

Text Box: ތިޔަބޭފުޅުން މިސައިޓްގައި އެއްވެސް ލިޔުމެއް ޝާއިރުކުރަން ބޭނުންފުޅުވާނަމަ ތިރީގައިވާ އެޑްރެހަށް މެއިލް ކުރައްވާ... ތިޔަބޭފުޅުންގެ އެއްބާރުލެއްވުމަކީ މި ސައިޓަށް ލިބޭނެ އިތުރު ކުރިއެރުމެއް...
Text Box: cSufitwf
Text Box: wvwl ihevid

މިހާރު ނައިފަރުގައި ރިލީޒް ކޮށްފައިވާ �ކަޅޭގެ ވަސްވާސް� މި ފިލްމް ފްލޮޕް ވަމުން ދާކަމުގައި ކަޅޭ މިސައިޓަށް މަޢުލޫމާތު ދީފިއެވެ. ކަޅޭ ބުނިގޮތުގައި ކިޔަވާކުދިން ހައްލަން މިވަރު ފިލްމެއް އަދި މިހާތަނަށް ހެދިފައެއް ނުވެއެވެ. ނަމަވެސް ނައިފަރު ގެ ކުދިންނަކީ ހޭލުންތެރި ކުދިންތަކަކަށްވާތީ މިފިލްމާއި ދޭތެރޭ އެއްވެސް އުއްމީދެއް އިތުރަށް ނުކުރާނެކަމަށް ކަޅޭ އާއި ހަވާލާދީ ބޮއްބެސޮރު މިސައިޓަށް މަޢުލޫމާތު ދެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިފިލްމުގެ ފުރަތަމަ ޝޯވ ވެސް ވަނީ ފްލޮޕް ވެފައެވެ. � ފިލްމު ކުރިޔަށް ދަނިކޮށް ބެލުންތެރިން ރުޅިއައިސްގެން ނިކުތީ.. މީގަ އަޅުގަނޑު ކުރާނެ ކަމެއް އެބައޮތް ތޯ؟ �� ކަޅޭ މިސައިޓަށް މަޢުލޫމާތު ދިނެވެ. ކަޅޭ ބުނާގޮތުގައި މިފިލްމު ފްލޮޕް ވިޔަސް ސްކޫލްކުދިންގެ 2 ވަނަ ޓާރމް ޓެސްޓާއި ދިމާކޮށް � ކަޅޭގެ ވަސްވާސް 2 � ނެރުމަށް ހަމަޖެހިފައިވެއެވެ. އަދި މިކަމަށް ކުރަންޖެހޭ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމުގައި ކަޅޭ މިސައިޓަށް މަޢުލޫމާތު ދިނެވެ. އެގޮތުން ފިލްމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ނައިފަރުގެ ރައްޔިތުންގެ ލިސްޓެއް ލިޔެފައިވާ ފޮތެއްހިފައިގެން ނައިފަރުގެ ގޭގެއަށް ރޭގަނޑު ދަންވަރު ކަޅޭ ވަންނަމުންދާކަމުގައި ކަޅޭ މިސައިޓަށް މަޢުލޫމާތުދެއެވެ. ކަޅޭގެ ފިލްމުތައް ނުހިނގަނީ ކީއްވެތޯ މިސައިޓުގެ ފަރާތުން ސުވާލުކުރުމުން � ކަލޭމެން އަބަދުވެސް ބޭނުންވަނީ މަގޭ ފިލްމުތައް ހިނގިޔަ ނުދިނުމަށް(.) .......ބޮއިގެން މަށަށް ނުގުޅާ � މިހެންބުނުމަށް ފަހު ކަޅޭ ވަނީ ފޯން ކަނޑާލާފައެވެ. އަދި އޭގެ ފަހުން މިސައިޓުން ކަޅޭއާއި ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ. ކަޅޭ ވާހަކަ ދެއްކި ބަހުރުވާގެ ސަބަބުން ކިޔުންތެރިންނަށް ކަޅޭގެ ބައެއް ބަސްތައް ތިކިތަކެއްގެ ސިފައިގައި ގެނަސްދެން ޖެހުނީތީ ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ. އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބެމުން ދާވަރަކުން ކަޅޭއާއި ބެހޭ އިތުރު މަޢުލޫމާތުތަކާއި ކަޅޭ ކުޅެމުންދާ އިތުރު ފިލްމުތަކާއި ބެހޭ މަޢުލޫމާތުތައް ކިތުންތެރިންނާއި ހަމައަށް ގެނަސްދެމުންދާނެ ވާހަކަ ދެންނެވީމެވެ.

 ނައިފަރު ފަތިފުށް -

 

ރުޅިވެސް އާދެއެވެ. ދެރަވެސް ވެއެވެ.

އަނހަ ކަލޯ ކަޅޭ... ކަލޯ މިހާރު ހާދަ ހަަޔާތްވެސް ކުޑައޭދޯ؟؟� މިހާރު ތިއޮއްކުރާ ހަޔާތްކުޑަ ކަމެއްދޯ؟؟� ސްކޫލް ބަޖެޓްގަ ލާރިނެތޭ ކިޔާގެން ތިޅާ ތި ފެލަނީ ނައިފަރުގެ ރައްޔިތުން... ވާވާވާ.. ނޫނޭ ކަޅޭވާ މޮޅު.. އަމިއްލައަށް މަޝްހޫރުވާންވެސް ތީދެން ބޮޑުވަރެއް.. ލަދުޙަޔާތުގެ ކަންފުޅެއްވެސް ކަލޯ ގައިގާ ނެތީ ދޯ... ކަލޯ ކަޅޭ ކަލޭ ހަނދާންކުރާތި.. އެތްލެޓިކްސްއަށް ކުދިން ގެންދާށޭކިޔާގެން ކުދިންގެ ކިޔެވުން ހަލާކުކޮށް އެވަރުން ނުވެގެން ކުދިންގެ ބެލެނިވެރިންނާއި ނައިފަރުގެ ރައްޔިތުންވެސް ފެލަންފެށީދޯ؟؟؟� ބަލަ ކަޅޭ.. ކަލެއަށް އަދިވެސް ސްކޫލް ބަޖެޓުން ކެވޭވަރު މަދީތަ؟� ރަނގަޅޭ ރަނގަޅޭ... ތިއޮތީ ލާރި ކާނެ އާ ގޮތެއް ކަލެއަށްދަސްވެފަ.. ނައިފަރުގެ ކޮންމެ މީހަކު ކައިރިއަށް ފޮތެއް ހިފައިގެންގޮސް ތި ސަލާން ޖަހަނީ ލަދުޙަޔާތުގެ ކަންފުޅެއްވެސް ތިޅާ ގައިގާ ނެތީމާކަން މިހިރަ އެނގި ހާމަވަނީ...

ބަލަގަ މިހިރަ ވަގާ.. ބަޖެޓުގަ ލާރިނެތޭ ކިޔާގެން ފޮކާއިރު ތިބުނާ ބަޖެޓަކުން ކުރެވުނު ޚަރަދެއް ތިޅާއަށް ނުދެއްކޭނެކަން ހަމަ ޔަގީން...

ކަޅޭގެ ބަލާވެރިކަމުން ނައިފަރު ރައްޔިތުން ސަލާމަތް ކުރުމަށް ނައިފަރުގެ ޒުވާންޖީލު އެބަނިކުންނަކަން ކަޅޭ އަށް ހަނދާން ކޮށްދެން... ރުޅިއަޔަސް ދެރަވިޔަސް އެއްޗެއް ނުބުނެވޭތޯ ވަރަށް މަސައްކަތް ކޮއްފިން... އެކަމު އަހަރެމެންގެ ލެޔާ ތިޅާ ކުޅޭއިރު ދެން ބަލަހައްޓާގެން ނުތިބޭނެކަން ތިޅާއަށް އަންގަން... ރައްކާތެރިވެ ތިިބިއްޔާ ދަތުރެވެ.. ތިޅާ އަށާއި ތިޅާގެ އަޢުވާނުންނަށާއި ތިޅާގެ ދެފޯކަށްވެސް ސަލާމް...

 

ހަފްތާގެ އެންމެ މުހިންމު.......

ނައިފަރުގެ ޚަބަރުތަކަށް ބަލާއިރު � ކަޅޭ � ( އިފްތިތާޙްގެ ހެޑްމާސްޓަރ މުޙައްމަދު ނިޒާމް ) ގެ ބަލާ މާބޮޑުވަމުންދާ ކަމުގައި މަދްރަސަތުލް އިފްތިތާޙްގެ ދަރިވަރުން ބުނަމުންދެއެވެ. މީނާ އާއި ހެދި ކުދިންނަށް ރަގަޅަށް ކިޔަވާލަން ފުރުޞަތު ނުލިބޭކަމަށް ކުދިން ބުނެއެވެ. އެތްލެޓިކްސްއޭ ކިޔާގެން ދަރިވަރުން ވާ ވައްދާ ކުދިންނަށް ލިބިފައިވާ ކިޔެވުމުގެ ފުރުޞަތު ނަގާލަން ކަޅޭ ފާޅުގައި މަސައްކަތް ކުރަމުންދާކަމުގައި އިފްތިތާޙްގެ ދަރިވަރުން މަޢުލޫމާތުދެއެވެ. ކަޅޭ އެވެ. ތިހެން ނޫޅޭށެވެ. ނައިފަރުގެ ދަރިން ވާވައްދަން ކަޅޭ ތިކުރާ މަސައްކަތަކީ ބޭކާރު މަސައްކަތަކަށް ނޫނީ ނުވާނެއެވެ. ހަނދާންކުރާށެވެ. ކަޅޭ ގެ ބަލާވެރިކަމުން ވަރަށް އަވަހަށް އިފްތިތާޙްގެ ދަރިވަރުން ސަލާމަތްކުރެވޭ ނެއެވެ.

- ވަލީ -

 

ކަޅޭގެ ވަސްވާސް 2 އަށް ބޭނުންވާ ފެންވަރުގެ ސްޓާރުން ނުލިބިފައި...

 

 

ނައިފަރުގެ ޚަބަރުތަކަށް ބަލާއިރު ކަޅޭގެ ވަސްވާސް 2 އަށް ސްޓާރުން ހޯދުމަށް އިޢުލާން ކުރަމުންދާކަމުގައި މިސައިޓަށް މަޢުލޫމާތު ލިބިއްޖެއެވެ. މިސައިޓަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަސްވާސް 2 އަށް ކަޅޭބޭނުންވަނީ ކަޅޭ އިފްތިތާޙްގައިކުރާ ވައްކަންތައް ސިއްރުކޮށްދޭފަދަ އަދި އިފްތިތާހުއަށާއި ނައިފަރަށް ޚިޔާނާތްތެރިިވަން ކެރޭފަދަ ނުބައި ސަޚުސިއްޔަތެކެވެ. މިގޮތުން 3 ފަހަރެއްގެމަތިން އިޢުލާންކޮށްގެންވެސް ކަޅޭ ހިތްހަމަ ޖެހޭކަހަލަ ހީލަތްތެރިއަކު ނުލިބޭކަމަށް މިސައިޓަށް މަޢުލޫމާތު ލިބެއެވެ. ކަންތައް މިހެން ވަމުންދާތީ ކަޅޭ މިހާރުވަނީ މިކަން އެހެންގޮތަކަށް ކުރަން ނިންމާފައެވެ. މިގޮތުން މީނާގެ އިއްފަތްތެރި ކޮއްކޮ ބުރުގާ ނެގުވުމަށްފަހު ބޮލުގެ އިސްތަށިތައްވަނީ ޑައި ކުރުވާ ފައެވެ. އަދި ފިލްމު އިޝްތިހާރު ކުރުމުގެ ގޮތުން ކޮއްކޮގެ ބުރުގާ ނަގާ ފޮޓޯ ނެގުމަށް ފަހު ނައިފަރުގައި އެންމެ ހިނގާ ވެބްސައިޓްތަކުގައިވަނީ އިޝްތިހާރު ޖަހާފައެވެ. މިގޮތުން ކަޅޭގެ ކޮއްކޮ އަކީ މިހާރު ނައިފަރުގައި އެންމެ މަޝްހޫރު އެއް ތަރިއަށްވަނީ ވެފައެވެ. މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް މިސައިޓްގެ ފަރާތުން ކަޅޭއަށް ގުޅަންކުރިމަސައްކަތްވަނީ ކާމިޔާބު ނުވެފައެވެ. ނަމަވެސް ފަހުން ލިބުނު ޚަބަރުތަކަށް ބަލާއިރު ކަޅޭގެ ވަސްވާސް 2 ނެގުމަށް ޓަކައި ކަޅޭ މިހާރުވަނީ ހދ.ކުޅުދުއްފުށީގައެވެ. ނަމަވެސް އަދިވެސް ކަޅޭ ބޭނުންވާ ފެންވަރުގެ ނުބައި ޝަޚުސިއްޔަތެއް ކަޅޭއަށް ލިބުނު ކަމެއް މިސައިޓަށް މަޢުލޫމާތު ލިބިފައެއް ނުވެއެވެ. މަޢުލޫމާތު ލިބެމުންދާ ވަރަކުން އިތުރު ޚަބަރުތައް ކިޔުންތެރިންނާއި ހަމައަށް ގެނަސްދެމުން ދާނެ ވާހަކަ ދެންނެވީމެވެ.

 

 

ރައްޔިތުން ފެލާގެންކުރާ ޕިކުނިކް ދަތުރު...

 

ނައިފަރުގެ ރައްޔިތުންގެ މާލީޙާލަތު ވަރަށްވެސް ދަށް ދުވަސްވަރެއްގައި އިފްތިތާޙްގެ އިސްވެރިންނާއި އެމީހުންނަށް ތާޢީދުކުރާ މަދުބައެއްގެ ހީލަތާއި މަކަރުވެރި ރޭވުމުގެ ދަށުން ނައިފަރުގެ ރައްޔިތުންގެ އަތުން 60،000 ރުފިޔާ ސަލާންޖަހާ އުސޫލުން އަތުލައި އެވެރިންގެ އުފަލާއި މަޖަލަށް މިފައިސާތަށް ޚަރަދުކުރަމުންދާކަމަށް މިސައިޓަށް މަޢުލޫމާތު ލިބިއްޖެއެވެ. ނައިފަރަކީ މަސްވެރި ރަށަކަށްވެފައި މިދުވަސްވަރަކީ މުޅިރާއްޖެއަށްވެސް މަސްވެރިކަންދަށް އަދި ނައިފަރުގެ މަސްވެރިންނަށް ވެސް ފުދިގެން އުޅެލެވޭ ވަރަށްވެސް ފައިސާ ނުލިބޭ ދުވަސްވަރެކެވެ. ނަމަވެސް ނުބާނުލަފާ ޙީލަތްތެރި ބައެއްގެ ރޭވުމެއްގެ ދަށުން ނައިފަރުގެ ގިނަ ރައްޔިތުންތަކެއްގެ ބޮލުތެރެއަށްވަދެ ގިނަ ޢަދަދެއްގެ ފައިސާތަކެއް އެވެރިން އެވަނީ ނައިފަރު ރައްޔިތުންގެ އަތުން ފޭރިގެން ފައެވެ. މިގޮތުން ތިރީގައިމިވާ ކަންތައްތަކަކީ މިނުލަފާ ޖައްބާރުތައް ނައިފަރު ރައްޔިތުންނަށް އޮޅުވާލާގެން ފައިސާ އަތުލުމަށް ދައްކާފައިވާ ބަހަނާތަކެވެ.

1. ނައިފަރުގެ ކޮންމެ ރައްޔިތަކީ އިފްތިތާޙަށްޓަކައި އެމީހުންނަށް ލިބޭ މަދުފައިސާ ކޮޅުވެސް ޚަރަދުކޮށްލަން ތިބިބައެއްކަމުގައި ވިސްނާދީ މިމީހުންނަށް ކޮންމެވެސް ވަރެއްގެ ފައިސާކޮޅެއްދިނުމަށް އެދި އާދޭސްކުރުން. ( ރައްޔިތުން ފައިސާ ދެނީ އިފްތިތާޙަށްޓަކައި އެކަމު އޭގެން މިއާލާތުން މިކުޅެނީ ނާޗަރަންގީ )

2. މިވަރުގެ ޚަރަދެއް އިފްތިތާހްގެ ބަޖެޓުން ނުކުރެވޭނެކަމަށްބުނެ އިފްތިތާހަށް ސަރުކާރުން ކަނޑައަޅާފައިވާ 8 މިލިއަން ރުފިޔާގެ ބަޖެޓަކީ އެއްވެސް އެޗެއް ނޫންކަމަށް ވިސްނާދިނުން. ( ވެދާނެ ބަޖެޓު މިއާލާތުންކާން ފޮރުވަނީ ކަމަށް )

3. އަލިމަސްޔޫބީލްއަށް ޓަކައި މިދަތުރަކީ ވަރަށް މުހިންމު ދަތުރެއްކަމުގައި ވިސްނާދިނުން. ( ހެޔޮދޯ ބަތްކައްކާ ކުޅެން ކުރާ ދަތުރަކަސް )

އަދިވެސް މިނޫންވެސް އެތައް ބަހަނާތަކެއް މިއާލާތުން ދައްކާފައިވެއެވެ.

 

ޚަަަރުލިބޭ ގޮތުގައި އިފްތިތާޙްގެ ދަރިވަރުން އެތްލެޓިކްސްއަށް ގެންދަނީއޭ ކިޔާގެން ކުރާ މިދަތުރު މިހާރުވެފައިވަނީ މިއާލާތުން ކުޅޭ ކުޅިގަނޑަކަށެވެ. އަދި މިއީ މިއާލާތުން ކުރާ ޕިކުނިކް ދަތުރަކަށްވެސްވަނީ ހަދާފައެވެ. މިގޮތުން މިއާލާތުންގެ ޢާއިލީ ދަތުރަކަށް ދަތުރުހަދާ ކުރާޚަރަދުތަކުގެ ބޮޑުބައެއް މިއާލާތުންގެ އުފަލާއިމަޖަލަށް ކުރަމުން ގެންދާކަމަށް މިސައިޓަށް މަޢުލޫމާތުލިބިފައިވެއެވެ.

 

ބޮޑޭވިޔަސް ތީ ދެން ބޮޑުވަރެއް...

 

2006 ވަނަ އަހަރުގެ ގަދަ 10 އިޢުލާންކުރި ޖަލްސާގައި ނައިފަރު މަދްރަސަތުލް އިފްތިތާޙްވަނީ ވަރަށް ފުރިހަމަ ކާމިޔާބެއް ހޯދާފައެވެ. މި ފުރިހަމަ ކާމިޔާބީގެ އުފާ ނައިފަރުގެ ހުރިހާ ރައްޔިތުން އެދަނީ ހިއްސާ ކުރަމުންނެވެ. ނަމަވެސް އަޅުގަނޑަށް އެޖަލްސާއިން ވަނީ ވަރަށް އެހެންކަހަލަ ކަންތައްތަކެއް ފާހަގަވެފައެވެ. މިގޮތުން އަޅުގަނޑަށް ފާހަގަކުރެވުނު އެންމެ ހަޑިކަމަކީ އިފްތިތާޙްގެ ވެރިންގެ އަމިއްލަ އެދުންބޮޑުކަމާއި މަވެލަން ބޭނުންވާލެއް ބޮޑުކަމެވެ.

ނިކަންވިސްނާށެވެ. ވަނަވަނައަށް ދިޔަ ސްކޫލްތަކުގެ ނަތީޖާ ބަލާ އެސްކޫލްތަކުގެ ދަރިވަރުން އެރިއިރު އިފްތިތާޙަށް ލިބުނު ވަނަތައް ބަލާއެރީ އިފްތިތާޙްގެ މިވަގުތު ވެރިއަކަށްހުރި ދަގަނޑުމަތިމަސްއޭ ކިޔާ ކަލޭގެއެވެ. ހީވަނީ އޭނާ އިފްތިތާޙަށް މާބޮޑުކަންތައްތަކެއްކޮށްދީގެން ލިބިގެން އުޅޭ ވަނައެއް ހެންނެވެ. މިކަމުގައި އެންމެ ބުރަކޮށް މަސައްކަތްކުރި ކުދިންނާއި ބެލެނިވެރިން ތިއްބާ މީނާ އެތަނަށް ރަނޑުފާޑަކަށްއަރާ ހޭވި ހަޑިއަކީ އިފްތިތާޙަށް މިކާމިޔާބު ހޯދާދިން ކުދިންނަށާއި ދަރިވަރުންނަށްވެސް އެރުވި ހުތުރެކެވެ.

މިކަމުންވެސް އެނގި ހާމަވާކަމަކީ މިހާރު އިފްތިތާޙްގެ މެނޭޖްމެންޓްގައި ޙަރަކާތްތެރިވަމުން އެދަނީ އަމިއްލަ އެދުންބޮޑު އިފްތިތާޙަށް އެއްވެސް ކުރިއެރުމެއް ހޯދާދެން ބޭނުންނުވާ އަމިއްލަ އަށް މަޝްހޫރުވަން ( ބޮޑޭވަން ) މަސައްކަތްކުރާ ބައެއްކަމެވެ.

 

ހެޔޮބަހެއްބުންޏަސް އެމީހަކާ ފޮށޭނީއެއް ނޫނެވެ.

އިފްތިތާޙުގެ މިއުޅޭ ވެރިންނަކީ މީހަކު ހެޔޮބަހެއް ބުންޏަސް އެކަމުން އެއާލާތުންނަށް ފައިދާއެއް ނުވާކަމަށް ވަންޏާމުން އެމީހަކާ ފޮށި ހެޔޮބަސްބުނާ މީހަކީ އެއްވެސް މީހަކަށްނުހަދާ ހެއްދެވި ނުހެއްދެވިއަށް އެމީހަކާ ދިމާއަށް ގޮވާ ބައެކެވެ. މިކަންވަރަށް ރަނގަޅަށްދޭހަވާ މިސާލެއް ތިޔަބޭފުޅުންނަށް ހުށަހަޅާ ލާނަމެވެ.

2004 ވަނަ އަހަރު އިފްތިތާޙް ހިންގެވުމާއި ޙަވާލުވި ޕްރިންސިޕަލް މުހައްމަދު ޝަރީފް ބެލެނިވެރިންގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވިއެވެ.

އިފްތިތާޙަށް 75 އަހަރު ފުރޭތީ ބާއްވަންވީ ކާނިވަލެއް ނޫނެވެ. ތަޢުލީމީ ފެންވަރު މިހާ ދަށްއިރު ކޮންކާނިވަލެއްބާއްވާ ކޮން މަޖާގަޑެއް ކުރަންހެއްޔެވެ. އަޅުގަނޑުމެން މަސައްކަތްކުރަންވީ ރަނގަޅު ނަތީޖާއެއް ހޯދާށެވެ. މިގޮތަށް ޝަރީފް ވާހަކަދެއްކުމުން އިފްތިތާޙްގެ ވެރިން އެކަމާ ވަރަށް ރުޅި އައެވެ. ކޮންމެ އަކަސް މިމީހުން ބޭނުންވާ މަޖާގަނޑު ނެގުމަށް ޝަރީފް ނުރުހޭނެކަން އެގުމުން ފާޅުގައި ޝަރީފް ބޭރުކުރުމުގެ ޕްރޮގްރާމެއް ހިންގުނެވެ. އަދި މިކަމުގައި ގުރޭ އާއި ގުރޭގެ އައުވާނުން ވަރަށް ފޯރިއާއި އެކު މަސައްކަތް ކުރިއެވެ. ބޭނުމަކީ އިފްތިތާހަށް ކުރިއެރުން އެދޭ މީހެއް އިފްތިތާހުގައި ހުރިޔަ ނުދިނުމެވެ.

ނިކަން ވިސްނަވާށެވެ. މިއަދު އިފްތިތާޙްގެ ދަރިވަރުން އެވަނީ ޝަރީފްގެ އެދުން ފުރިހަމަ ކޮށްދީފައެވެ. ނަމަވެސް އެއްކަލަ ޝަރީފް ބޭރުކުރި އިފްތިތާޙަށް މާ ހެޔޮއެދިގެން ކަމަށް ހެދިގެން އުޅުނު މީހުން މިއަދުވެސް އެތިބީއެވެ. މިއަދު ޝަރީފަކީ އިފްތިތާހަށް ހެޔޮއެދިގެން މަސައްކަތްކޮށްދިން ބޭފުޅެއްކަން ނައިފަރުގެ ހުރިހާ ރައްޔިތުން ޤަބޫލުކުރެއެވެ. ހަޤީގަތުގައިވެސް އިފްތިތާޙަށް ބޭނުންވަނީ ރަންވަނަތަކަކާއި ރަގަޅު ނަތީޖާތަކެވެ. އެއްވެސް ކާނިވަލެއް މަޖާގަޑެއް އިފްތިތާޙަކަށް ބޭނުމެއް ނުވެއެވެ.

 

 

� 2007 fathifuh All right reserved


Leading Cloud Surveillance, Recording and Storage service; IP camera live viewing

Leading Enterprise Cloud IT Service; cloud file server, FTP Hosting, Online Storage, Backup and Sharing

Powered by FirstCloudIT.com, a division of DriveHQ, the leading Cloud IT and Cloud Surveillance Service provider since 2003.