Text Box:

7869646 މިނަމްބަރ އަށް އެރުވުން ވަރަކަށް ބަލާ އަރުވާ...

ލިޔުމެއް ހިމެނުއްވުމަށް (naifarufathifuh@gmail.com ��) އަށް މެއިލްކުރައްވާ...!

Text Box: ތިޔަބޭފުޅުން މިސައިޓްގައި އެއްވެސް ލިޔުމެއް ޝާއިރުކުރަން ބޭނުންފުޅުވާނަމަ ތިރީގައިވާ އެޑްރެހަށް މެއިލް ކުރައްވާ... ތިޔަބޭފުޅުންގެ އެއްބާރުލެއްވުމަކީ މި ސައިޓަށް ލިބޭނެ އިތުރު ކުރިއެރުމެއް...

Whcfws wmwtwruf

Text Box: cSufitwf

CLICK HERE TO
DOWNLOAD FONT

އަންނަ ހަފްތާގެ ތެރެއިން...

މިހާރު ނައިފަރުގައި ރިލީޒް ކޮށްފައިވާ �ކަޅޭގެ ވަސްވާސް� މި ފިލްމް ފްލޮޕް ވަމުން ދާކަމުގައި ކަޅޭ މިސައިޓަށް މަޢުލޫމާތު ދީފިއެވެ. ކަޅޭ ބުނިގޮތުގައި ކިޔަވާކުދިން ހައްލަން މިވަރު ފިލްމެއް އަދި މިހާތަނަށް ހެދިފައެއް ނުވެއެވެ. ނަމަވެސް ނައިފަރު ގެ ކުދިންނަކީ ހޭލުންތެރި ކުދިންތަކަކަށްވާތީ މިފިލްމާއި ދޭތެރޭ އެއްވެސް އުއްމީދެއް އިތުރަށް ނުކުރާނެކަމަށް ކަޅޭ އާއި ހަވާލާދީ ބޮއްބެސޮރު މިސައިޓަށް މަޢުލޫމާތު ދެއެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިފިލްމުގެ ފުރަތަމަ ޝޯވ ވެސް ވަނީ ފްލޮޕް ވެފައެވެ. � ފިލްމު ކުރިޔަށް ދަނިކޮށް ބެލުންތެރިން ރުޅިއައިސްގެން ނިކުތީ.. މީގަ އަޅުގަނޑު ކުރާނެ ކަމެއް އެބައޮތް ތޯ؟ �� ކަޅޭ މިސައިޓަށް މަޢުލޫމާތު ދިނެވެ. ކަޅޭ ބުނާގޮތުގައި މިފިލްމު ފްލޮޕް ވިޔަސް ސްކޫލްކުދިންގެ 2 ވަނަ ޓާރމް ޓެސްޓާއި ދިމާކޮށް � ކަޅޭގެ ވަސްވާސް 2 � ނެރުމަށް ހަމަޖެހިފައިވެއެވެ. އަދި މިކަމަށް ކުރަންޖެހޭ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމުގައި ކަޅޭ މިސައިޓަށް މަޢުލޫމާތު ދިނެވެ. އެގޮތުން ފިލްމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ނައިފަރުގެ ރައްޔިތުންގެ ލިސްޓެއް ލިޔެފައިވާ ފޮތެއްހިފައިގެން ނައިފަރުގެ ގޭގެއަށް ރޭގަނޑު ދަންވަރު ކަޅޭ ވަންނަމުންދާކަމުގައި ކަޅޭ މިސައިޓަށް މަޢުލޫމާތުދެއެވެ. ކަޅޭގެ ފިލްމުތައް ނުހިނގަނީ ކީއްވެތޯ މިސައިޓުގެ ފަރާތުން ސުވާލުކުރުމުން � ކަލޭމެން އަބަދުވެސް ބޭނުންވަނީ މަގޭ ފިލްމުތައް ހިނގިޔަ ނުދިނުމަށް(.) .......ބޮއިގެން މަށަށް ނުގުޅާ � މިހެންބުނުމަށް ފަހު ކަޅޭ ވަނީ ފޯން ކަނޑާލާފައެވެ. އަދި އޭގެ ފަހުން މިސައިޓުން ކަޅޭއާއި ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ. ކަޅޭ ވާހަކަ ދެއްކި ބަހުރުވާގެ ސަބަބުން ކިޔުންތެރިންނަށް ކަޅޭގެ ބައެއް ބަސްތައް ތިކިތަކެއްގެ ސިފައިގައި ގެނަސްދެން ޖެހުނީތީ ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ. އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބެމުން ދާވަރަކުން ކަޅޭއާއި ބެހޭ އިތުރު މަޢުލޫމާތުތަކާއި ކަޅޭ ކުޅެމުންދާ އިތުރު ފިލްމުތަކާއި ބެހޭ މަޢުލޫމާތުތައް ކިތުންތެރިންނާއި ހަމައަށް ގެނަސްދެމުންދާނެ ވާހަކަ ދެންނެވީމެވެ.

 

- ނައިފަރު ފަތިފުށް -

 

 

 

 

 

MP3� BOY�...

...ELwkText Box: wvwl ihevid

ކޮންމެ ދުވަހަކު މެންދުރު 2:00ގައި 7869646 މިނަމްބަރ އަށް ކޯލްމީ ބެކް ފޮނުވުން އެދެން... މިކަންމިގޮތަށް ކުރަން ނިންމަން ޖެހުނީ މީނާގެ އުނދަގޫ ނައިފަރު އަންހެން ކުއްޖަކަށް ފޯރަން ފެށީމަ.. ވީމާ ވީހާވެސް ގިނަބަޔަކު މިނަމްބަރ އަށް ކޯލްމީ ބެކް ފޮނުވުން އެދެން....

 

* މިއީ އެއަންހެން ކުއްޖާގެ ރިކުއިސްޓެއް..

ނައިފަރު ރައްޔިތުންނަށް ޓަކައި ރަނޑޭ

އަލިމަސް ޔޫބީލާއި ދިމާކޮށް އިފްތިތާޙްގައި ބުއްދާ އެއް ބަހައްޓަން ރަނޑޭ ނިންމާފި

އިފްތިތާހުގެ ދަރިވަރުން ދިވެހިބަހާއި ދުރުކުރުވާ އަދަބީކަންތައްތަކުން

އެއްފަރާތްކުރަނީ

ނައިފަރު ކަތީބު ވައްހާބު އެވެ. މަތީ މަޤާމެއް ލިބުނަސް ރައްޔިތުންނަށް އޮޅުވާނުލާށެވެ. ޤަސްތުގައި ރައްޔިތުންނަށް ތިހެން ނުހަދާށެވެ. ތީދެން ތަންފުކެއް ބޮޑުވަރެކެވެ. ވައްހާބުގެ ތިހުންނަނީ އެންމެ ނުލަފާ އުޞޫލުތަކެވެ. ރައްޔިތަކު ކަމަކު ދިޔަޔަސް އެމީހަކު އެނިކުންނަނީ ކަތީބު ވިދާޅުވި އެއްޗެއް ނޭގިގެނެވެ. އެމީހަކު އެހުންނަނީ އޮފީހުން ނިކުންނައިރު ބޮލުރޮދި ކެނޑިފައެވެ. ހަމަ ކަތީބުހަދާ ޖާދުލެއްގެ ސަބަބުންނެވެ.

ވައްހާބު އެވެ. އަމިލައަށް ވިސްނިގެންވެސް ތަންކޮޅެއް ލަސްލަހުން ވާހަކަދައްކަން އާދަކުރަން ވެއްޖެއެއްނު ހެއްޔެވެ. ތިއީ

ވައްހާބު ޖައްސާ ގޭމެއްކަން މިހާރު ހުރިހާ އެންމެން ދަނެއެވެ. މިކަން ވައްހާބު ރަގަޅު ނުކުރާނަމަ ވައްހާބާއި ދެކޮޅު

ކެމްޕެއިންއެއް ފަށަންޖެހިދާނެކަމަށް ވިސްނާށެވެ. އޭރުން މާ ރީއްޗެއް ނުވާނެއެވެ.

ޢަބްދުލްވައްހާބު..! ތަންކޮޅެއް ލަސްލަހުން ވާހަކަ ދައްކަން އާދަކުރަން ވެއްޖެއެއްނުދޯ...!

 

ތިޔަބޭފުޅުންނަށް ޓަކައި މިފަހަރު މިގެނަސްދެނީ މިއިން ދުވަހަކު އިފްތިތާޙުގެ ތާރީޚްގައިވެސް ފެނިފައި ނުވާފަދަ އިފްތިތާހުގެ އެސިސްޓެންޓް ޕްރިންސިޕަލް ސަތިޔާ ސްބްރަމާނިއަމް ( ރަނޑޭ ) ގެ ކުރުތަޢާރަފެކެވެ. ރަނޑޭ ނުވަތަ ދަނގަޑު މަތިމަސް އަކީ މިހާތަނަށް އިފްތިތާޙަށް ލިބިފައިނުވާ ފަދަ ރަންގަޑެއް ކަމަށް ބައެއް މީހުން ސިފަކުރަމުން ދެއެވެ. ވީމާ މިކަމަކީ ކިހާބޮޑު ހަގީގަތެއް އޮތް ކަމެއްތޯ ބަލާލާނަމެވެ.

ރަނޑޭ އޮފީހަށް ނުކުތުން

ރަނޑޭ ޢާންމުކޮށް އޮފީހަށް ނިކުންނަނީ އާދާގެ ވަށްކަރު ޓީޝާޓެއް ލާގެންނެވެ. އަރާފަ ހުންނާނީ އިންޑިއާގެ އެންމެ މޮޅު ކޮލެޓީ ބާޓާ ސްޓައިލް ފައިވާނަށެވެ. ލާފަ ހުންނާނީ އަންހެންކުދިން ލާކަހަލަ ބުރިއަށްބާރު ޖިންސެވެ. ރަނޑޭ ގަބޫލުކުރާ ގޮތުގައި އޮފީހަކީ އޭނާ ނީދާ އެނދާއި އެއްފެންވަރު ތަނެކެވެ. އެހެންކަމުން އޮފީހަށް ޖަންގީގަ އަޔަސް އެއީ މައްސަލައެއް ނޫނެވެ.

ރަނޑޭގެ އޮފީސް ވަގުތު

ރަނޑޭ އޮފީހުގެ ގިނަވަގުތު ހޭދަކުރަނީ ސްޓޮކް ރޫމް ތެރޭގައި ކަމަށް އިފްތިތާހުގެ މުވައްޒަފުން މިސައިޓަށް މަޢުލޫމާތު ދެއެވެ. ކަޅޭވެސް މިކަމުގައި ބައިވެރިވާ ކަމަށް ވެއެވެ. ކަޅޭއާއި ރަނޑޭ ސްޓޮކްތެރޭގައި ކުރާކަމެއް މިހާތަނަށް އެކަކަށްވެސް އެނގިފައި ނުވާކަމަށް ވެއެވެ. ނަމަވެސް އެނގޭ ކަމަކީ އިފްތިތާހުގައި ހުރި ރިސޯސްތަކާއި މުދާގަނޑު ފެނިފައި ރަނޑޭ އާއި ކަޅޭ ދެލޯ ބޮޑުވެފައި ތިބޭކަމެވެ.

ރަނޑޭގެ ސްޓައިލް

ރަނޑޭއަކީ ނިކަން އަންހެންވަންތަ ކުއްޖެކެވެ. ނަމަވެސް އެއްވެސް ކަމެއް އިންޑިއާގެ ކޮންމެވެސް ކަމަކާއި ނުގުޅުވާ ނުކުރާކަމަށް ވެއެވެ. މިގޮތުން އިންޑިއާގެ ޘަގާފަތާއި ގޮތްގަނޑު ދިރުވަން ރަނޑޭ ކުރާ މަސައްކަތް ވަނީ ވަރަށްބޮޑަށް ކުރިޔަށް ޖައްސާފައި ކަމަށް މިސައިޓަށް މަޢުލޫމާތު ލިބެއެވެ. މިގޮތުން އިންޑިއާގެ ވިލެޖްސްޓައިލް ދިރުވާ އާލާކުރުމަށްޓަކައި އިފްތިތާޙުގެ ބައެއް މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން ބައެއް ކަންތައްތައް ކުރުވާ ކަމަށް ވެއެވެ. މިގޮތުން ޒަމާނީ ޕްރިންސިޕަލްއެއްގެ އެއްވެސް ކަހަލަ ސްޓައިލްއެއް ރަނޑޭއަށް ލިބިފައި ނުވާކަމަށް ވެއެވެ.

ރަނޑޭގެ ހިނގުން

ރަނޑޭގެ ހިނގުން އެންމެ ވައްތަރުވާނީ ސާލިމްބޭގެ ހިނގުމާއެވެ. މިކަން އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ

2006 ވަނަ އަހަރުގެ ތަޢުލީމީ އިނާމްދިނުމުގެ� ޖަލްސާގައި ރަނޑޭ ގެ ޕާފޯމެންސުން ނެވެ. އެ ޖަލްސާގައި އިފްތިތާޙަށާއި

ނައިފަރަށް ރަނޑޭ ދައްކުވާދީފައިވަނީ ސީދާ ރަނޑު އަންހެނެއްގެ ސިދާ ސާދާ ފަރިފަރި ހިނގުމެވެ.

އިފްތިތާޙްގެ އަލިމަސްޔޫބީލް ރަސްމިއްޔާތާއި ދިމާކޮށް އިފްތިތާޙުގައި ބުއްދާ އެއް ބަހަންޓަން ރަނޑޭ ނިންމާފައި ވާކަމަށް ވަރަށް ސިއްރުގޮތެއްގައި މިސައިޓަށް މަޢުލޫމާތު ލިބިއްޖެއެވެ. ރަނޑޭ މިގޮތަށް ނިންމި ކަމަށްވަނީ އޭނާގެ ހަންފެތުރުމުގެ ސިޔާސަތުގެ ދަށުން ކަމަށްވެސް ވެއެވެ. މިސައިޓަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަނޑޭ އަކީ އިންޑިއާއަށް ހަންފަތުރާދެން މަސައްކަތްކުރާ އިންޑިއާގެ ސިއްރު އެޖެންޓެކެވެ. މިގޮތުން މިމީހުން އެކިއެކި ޤައުމުތަކަށް ފޮނުވާއިރު އިންޑިއާގެ ގޮތްތައް އެތަަނަކަށްފަތުރާ ކުޑަނަމަވެސް ބުއްދާއެއް އެތަނެއްގައި ބެހެއްޓުމަށް އެބަސްކުރުވާ ކަމަށް ވެއެވެ. ޚަބާރުލިބިފައިވާ ގޮތުގައި މިހާރުވެސް ރަނޑޭ އުޅޭ ގޭގައި ބުއްދާ އެއް ހުރެހެއެވެ.

މިސައިޓަށް ލިބެމުންދާ މަޢުލޫމާތު ދޮގުކަމަށް ނުވާނަމަ މިހާރުވެސް ހަންފެތުރުމުގެ ޙަރަކާތްތަކެއް ރަނޑޭ ގެންދަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ކުރަމުންނެވެ. މިގޮތުން މުވައްޒަފުންނަށް މަޖުބޫރު ކުރުވާގެން އޭނާ ބޭނުންވާ ކަންތައްތައް ޙާސިލްކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް ޚަބަރު ލިބެއެވެ.

މިސައިޓުގެ ފަރާތުން ނައިފަރުގެ ރައްޔިތުންނަށާއި އިފްތިތާޙުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި މުވައްޒަފުންނަށް

މިގޮވާލަނީ މިފަދަ ބުއްދާއެއް އަދި ކީއްކުރަން ރަނޑޭގެ ހަންފެތުރުމުގެ އެއްވެސް ޙަރަކާތެއް ނައިފަރު ފަސްގަނޑުގައި

ހިންގިޔަ ނުދިނުމަށެވެ. އަހަރެމެންނަކީ އެއްދީނަކަށް ތަބާވާ އަމިއްލަމިނިވަންކަމަކާއި އަމިއްލަ ޘަޤާފަތެއް އޮތް ބައެކެވެ.

އަހަރެމެންގެ މައްޗަށް އިންޑިއާއިން ފޮނުވާފައިވާ ސިއްރު އެޖެންޓުނަށް ގަދަވެވިގެން ނުވާނެއެވެ. ރަނޑޭއަކީ އިފްތިތާޙަށް

ހެޔޮއެދިގެން އުޅޭ މީހެއް ނޫނެވެ. އަދި ކިއެއްތަ އެއީ ދިވެހިރާއްޖޭގެ ދީނާއި މިނިވަންކަމާއި އިސްތިޤުލާލަށް ހުރި ބޮޑު

ބިރެކެވެ.� ރަގަޅަށް މިކަމާއި ދޭތެރޭ ވިސްނާ ފިކުރު ކޮއްފި ކޮންމެ މީހަކަށް މިކަން ރަނގަޅަށް އެގޭނެއެވެ.

އެހެންކަމަށްވާނަމަ އިފްތިތާޙުން ރަނޑޭ ބޭރުކުރުމަށް އަވަސްވެ ގަތުމަށް އެންމެހާ އަޚުންނާއި އުޚުތުންނަށް ގޮވާލަމެވެ.

ރަނޑޭ އިފްތިތާހުއާއި ޙަވާލުވި ދުވަހުން ފެށިގެން އިފްތިތާހުގެ ދަރިވަރުންގެ ކިބައިން ދިވެހިވަންތަކަން ނަގާލަން މަސައްކަތްތަކެއް ކުރަމުން ދެއެވެ. އެނގިވަޑައިގަންނަވާނެފަދައިން ރަނޑޭ އަކީ މިދިވެހި ޤައުމަށްވެސް ހުރި ނުރައްކަލެކެވެ. މިގޮތުން ރަނޑޭ ޖައްސާފައިވާ ބައެއް ކެމްޕެއިން ތަކަށް ބަލާލާނަމެވެ.

އިފްތިތާހުގެ ބައެއްގުރޭޑް ތަކަށް ދިވެހި މުދައްރިސުން ނުލިބިގެން އުޅޭ ވާހަކަ ތިހުރިހާ ބޭފުޅުންވެސް އަޑުއައްސަވާނެއެވެ. ހުރިހާ ބޭފުޅުން ވިސްނާށެވެ. މިކަމުގެ ފަހަތުގައި ހުރީ ރަނޑޭއެވެ. އޭނާ ދިވެހި ކިޔަވާދެން ބޭނުން ނުވަނީއެވެ. ސަބަބަކީ އެއީ އޭނާގެ ކެމްޕޭން ކާމިޔާބުކުރުމެވެ. މިގޮތުން ދިވެހި މުދައްރިސުން ހޯދުމަށް ރަނޑޭ އެއްވެސް އިސްކަމެއް ނުދޭކަމަށް މިސައިޓަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ދެން ވިސްނަވާށެވެ. އިފްތިތާޙުގެ އެންމެ ބޮޑު އަދަބީ ދެ ޖަމިއްޔާ މަތިވަރު އަދި އެކުވެރިޔާ ގެ އެއްވެސް ޙަރާކާތެއް ހިންގި ވާހަކަ މިއިން ދުވަހަކު އަޑުއެއްސެވިން ހެއްޔެވެ. އެންމެ ކުޑަމިނުން އެދެ ޖަމިއްޔާގެ ރައީސުންނާއި ހިންގާކޮމެޓީވެސް މިއަހަރު ހޮވާފައެއް ނުވެއެވެ. މިސައިޓަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަދަބީ ޖަމިއްޔާތަށް އުވާލުމަށް ރަނޑޭ މިހާރުވަނީ ނިންމާފައެވެ.

މިވަރުވާއިރުވެސް އަޅުގަނޑުމެންނަށް ހަމަ އެކައްޗެއްވެސް ނުވިސްނެނީ ހެއްޔެވެ. އަޅުގަނޑުމެންގެ ދިވެހިބަހާއި އަދަބިއްޔާތު އަޅުގަޑުމެންގެ ތެރެއިން ނެތިކޮށްލުމަށް ރަނޑޭ އެދަނީ މަސައްކަތްކުރަމުންނެވެ. ރަނޑޭގެ ފަހަތުގައި އެތިބީ ނައިފަރަށް ހެޔޮއެދޭނެ ބައެއް ނޫނެވެ. ހެޑްމާސްޓާރ ކަޅޭ އަކީ ވެސް ނައިފަރު މީހެއް ނޫނެވެ. ހެޑްމިސްޓްރެސް ގުރޭ އަކީވެސް ނައިފަރު މީހެއް ނޫނެވެ. އެމީހުން އިފްތިތާހަށް ހެޔޮއެދޭނެ ކަމަށް ވިސްނުމަކީ މޮޔަ ޚިޔާލެކެވެ. އަޅުގަނޑުމެންގެ ސްކޫލާއި ނައިފަރުގެ ޖީލު ސަލާމަތްކުރަންތިބީ ހަމަ އަހަރެމެންނެވެ.

 

....Inwncnukin cSwhwvwa cSwrwvText Box: cliawbOm

� 2007 fathifuh All right reserved


Leading Cloud Surveillance, Recording and Storage service; IP camera live viewing

Leading Enterprise Cloud IT Service; cloud file server, FTP Hosting, Online Storage, Backup and Sharing

Powered by FirstCloudIT.com, a division of DriveHQ, the leading Cloud IT and Cloud Surveillance Service provider since 2003.